18 Jun 2018, 23:16
މިދިޔަ ހުކުރު ދުވަހުގެ ރޭ ބިދޭސީ އަކަށް ހަމަލާ ދިނުމަށްފަހު ފިލިމީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ސަން'' އަށް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ 25 އަހަރުގެ ރައްޔިތެެއް ކަމަށެވެ. ފުލުހުން ބުނީ އެ މާރާމާރީގައި ޒަހަމްވީ ވެސް އިންޑިއާގެ ރައްޔިތެއް ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އަދި އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ ދެ ބިދޭސީންގެ ދެމެދުގައި ހިނގި އަރާރުމެއްގެ ތެރެއިން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
އައިޖީއެމްއެޗުން ބުނީ އެ ހާދިސާގައި ބިދޭސީ މީހާގެ އަތަށާއި ބުރަކަށި ޒަހަމްވެފައިވާ ކަމަށެވެ. އަދި އޭނާއަށް އިތުރު ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލައިިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.