11 Jul 2018, 13:06
އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާއިން މާލެއާއި ބެންގަލޫރާ ދެމެދު ކުރާ ދަތުރުތައް މާދަމާއިން ފެށިިގެން ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
އެއާ އިންޑިއާގެ އެއާޕޯޓު މެނޭޖަރު ސުދިރު ބަޓް "ސަން" އަށް ވިދާޅުވީ މާދަމާއިން ފެށިގެން މާލެއާއި ބެންގަލޫރާ ދެމެދު ކުރާ ދަތުރުތައް މެދުކަނޑާލަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. އަދި އޮކްޓޯބަރު މަހުން ފެށިގެން ދަތުރުތައް އަލުން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސުދިރް އިތުރަށް ވިދާޅުވީ މާލެ-ޓްރެވިންޑްރަމް-ދިިއްލީ ދަތުރުތައްވެސް މަދުކޮށްފައިވާ ކަމަށެވެ. އެގޮތުން މި ދަތުރުތައް ދެން އޮންނާނީ ހޯމަ، ބުދަ އަދި ހުކުރު ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ. ދަތުރުތައް މެދުކަނޑާލީ "އޮޕަރޭޝަނަލް ސަބަބުތަކަށްޓަކައި" ކަމަށްވެސް ސުދިރް ވިދާޅުވިއެވެ.
އެއާ އިންޑިއާއިން ރާއްޖެެ - އިންޑިއާ ދަތުރުތައް ކޮންމެ އަހަރަކުވެސް އޮފް ސީޒަނާ ދިމާކޮށް މެދުކަނޑާލައެވެ.