22 Jul 2018, 14:16
އިތުރު 21 ފަޅު ރަށެއް ވަރުވާއަށް ދޫކުރަން އެގްރިކަލްޗާ މިނިސްޓްރީ އިން އިއުލާނުކޮށްފި އެވެ.
މިއަދު ފިޝަރީޒް މިނިސްޓްރީ އިން ނެރުނު އިއުލާނެއްގައި ވަރުވާއަށް ދޫކުރަން ހުޅުވާލީ ހއ. ހދ. ށ. ރ. ޅ. އދ. ވ. މ. ކ. އަދި ފ. އަތޮޅުގެ ބައެއް ފަޅު ރަށްތަކެވެ.
އެ ރަށްތަކަކީ މ. މާޅަވެލި (އާވެލި) (1.00 ހެކްޓަރު)، މ. ދިއްތުޑި (15.78 ހެކްޓަރު)، މ. ގޮންގަލީހުރާ (1.00 ހެކްޓަރު)، މ. ސީދީހުރާ (1.28 ހެކްޓަރު)، މ. ސީދީހުރާވެލިގަނޑު (3.00 ހެކްޓަރ)، ފ. ކަނޑުމޫނުފުށި (0.84 ހެކްޓަރު)، ފ. އެނބުލުފުށި (1.00 ހެކްޓަރު)، ފ. އަދަންގައު (1.29 ހެކްޓަރު)، ފ. ވިލިނގިލިވަރުފިނޮޅު (0.10 ހެކްޓަރު)، ފ. މަޑިވަރުހުރާ (0.26 ހެކްޓަރ)، ފ. މަގޫދޫބޮޑުފިނޮޅު (0.81 ހެކްޓަރު)، ފ. ދިގުވަރުފިނޮޅު (0.72 ހެކްޓަރު)، ހއ. ކުޑަފިނޮޅު (3.60 ހެކްޓަރު)، ހއ. އުމުރަތްފިނޮޅު (1.09 ހެކްޓަރު)، ހދ. އިންނަފުށި (2.25 ހެކްޓަރު)، ށ. ކުޑަދޫ (3.60 ހެކްޓަރު)، ރ. ދިއްކުރެއްދޫ (4.00 ހެކްޓަރު)، ޅ. ކަޅުމަންޖެހުރާ (0.70 ހެކްޓަރު)، ކ. އިތާފިނޮޅު (0.24 ހެކްޓަރު)، އދ. ކަޅަހަނދިހުރާ (1.16 ހެކްޓަރު) އަދި ވ. ތުނޑުހުރާ (0.10 ހެކްޓަރ) އެވެ.
ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައި ވަނީ 23 ޖުލައި 2018 (ހޯމަ) ދުވަހުން ފެށިގެން 06 އޯގަސްޓު 2018 (ހޯމަ) ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ކަމަށެވެ. ފޯމެއް ގަންނަން ލިބެން ހުންނާނީ 20 ރުފިޔާ އަށް ކަމަށް އެ އިއުލާނުގައިވެ އެވެ.
އިއުލާނުގައި ވާގޮތުން ޕްރޮސެސިންގް ފީ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 ން 9ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެދުނު 9:00 އިން 12:00 އަށެވެ.
ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ފޯމު ހުށަހެޅުން އޮންނާނެ ތަނާއި ގަޑި ފަހުން ކުރާނެ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީ އިން ވަނީ 10 ރަށެއް ވަރުވާ އަށް ދޫކުރަން އިއުލާނުކޮށްފަ އެވެ. އެފަހަރު ވަރުވާ އަށް ދޫކުރަން ހުޅުވާލީ ހދ. ދ. ބ. އަދި ގއ. މި އަތޮޅުތަކުގެ ރަށްތަތެކެވެ.