27 Jul 2018, 20:13
ދާދި ފަހުން ސްޕެއިންގެ ރެއާލް މެޑްރިޑުން އިޓަލީގެ ޔުވެންޓަަސްއަށް ބަދަލުވި ޕޯޗުގަލްގެ ތަރ،ި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ދެ އަހަރު ދުވަހުގެ ހުކުމެއް ކޮށް 3.7 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ.
ރޮނާލްޑޯގެ މައްޗަށް ދައުވާކޮށް ހުކުމް ކޮށްފައި ވަނީ އޭނާ ސްޕެއިންގެ ޓެކްސް އިދާރާތަކަށް މަކަރު ހަދައި ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ 16.5 މިލިއަން ޑޮލަރު ނުދައްކާ ހުރި ކަމަށް ބުނެއެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވާ ނަމަވެސް އޭނާ ޖަލުގައި ހުކުމް ތަންފީޒު ކުރާކަށް ނުޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސަބަބަކީ ސްޕެއިންގެ ގާނޫނުގައި ވާ ގޮތުން ފުރަތަމަ ފަހަރަށް ކުށެއް ކޮށް ދެ އަހަރު ދުވަހަށް ވުރެ މަދު މުއްދަތެއްގެ ހުކުމެއް އައިސްފި ނަމަ އެމީހަކަށް ޖަލު ހުކުމް ތަންފީޒުނުކޮށް ހުރެވޭނެ އެވެ.
100 މިލިއަން ޕައުންޑްގެ އަގެއްގައި ރޮނާލްޑޯ ޔުވެންޓަސްއާ ގުޅިފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެގައެވެ. އޭނާ ޔުވެންޓަސްއަށް ދިޔައީ ރެއާލް ދޫކޮށްލުމަށް އަމިއްލައަށް އެދިގެންނެވެ. އޭނާ ޔުވެންޓަސްއަށް ބަދަލުވާން ނިންމީ ޓެކްސް އިދާރާތަކާ ޖެހުނު މައްސަލަތަކުގެ ސަބަބުން ކަމަށް ލަލީގާގެ ރައީސް ހާވިއޭ ތޭބާސް މީގެ ކުރިން ވަނީ ބުނެފައެވެ.
ރޮނާލްޑޯ ޓެކުހަށް މަކަރު ހެދިކަމަށް އިދާރާތަކުން އޭނާއަށް ތުހުމަތުކޮށްފައިވާ އިރު، ހަމަ އެފަދަ މައްސަލައެއް ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ މައްޗަށްވެސް އެ އިދާރާތަކުން ކުރިން ވަނީ އުފުލާފަ އެވެ.