05 Aug 2018, 18:31
މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން ތިބޭނީ ޖުމްލަ ހަތަރު ހޮޓަލެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ހަތަރު ގްރޫޕެއް މެދުވެރިވެގެން 1000 ހައްޖާޖީއަކު ރާއްޖެއިން ހައްޖަށް ދިއުމަށް ހަަމަޖެހިފައިވާ ކަމަށެވެ.
ހައްޖާޖީން ތިބޭ ހޮޓާތައް:
އަލް ހަރަމައިން ހައްޖު އަދި އުމްރާ ގްރޫޕް އާއި ޒައީ ގްރޫޕް - ބައިތީ ހޮޓެލް
- ސިސިލްފަރު އެންޑް ހައްޖު އުމްރާ ގްރޫޕް- އަލް ހުޖޫން ހޮޓެލް
- ހައްޖު ކޯޕަރޭޝަން- އަލް ރިފާ އަލް ސާދް ހޮޓެލް
- ތަޒްކިޔާ ގްރޫޕް- އަ ފެއާމަންޓް ހޮޓެލް
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން ހައްޖަށް ދާ ހާޖީންގެ ކަންތައްތައް ހިނގައިދާ ގޮތް ބެލުމަށާއި، ސައުދީ އަރަބިއްޔާގައި ހައްޖުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް މައްކާގައި މިދިޔަ ޖުލައި 28 ވަނަ ދުވަހު "ދިވެހި ހައްޖު މިޝަންގެ އޮފީސް" ގެ ނަމުގައި އޮފީހެއްވެސް ގާއިމްކޮށްފައިވާ ކަަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ ޖުލައި 28 އާ ހަމައަށް 100 ހައްޖާޖީން ހައްޖަށް ފުރައިފައިވާ ކަަމަށެވެ. އަދި މިމަހުގެ 15 އާ ހަމައަށް ހުރިހާ ހައްޖާޖީން ހައްޖަށް ފުރުވާލެވޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.