08 Aug 2018, 15:03
ލ. އިސްދޫ ސިއްހީ މަރުކަޒު މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރު ހުސައިން ރަޝީދެވެ.
އެ މަސައްކަތް ހަވާލު ކުރި ކޮންޓްރެކްޓަރު، ނިއުހިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަލީ ސިޔާއު އެވެ.
ފަންސާސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ އެއް މިލިއަން ރުފިޔާ އެވެ. މި އެއްބަސްވުމުގެ ދަށުން އިސްދޫ ސިއްހީ މަރުކަޒުގެ އާބާތުރަ ފިލުވައި ޕޮޓިކޯ އެއް ހަދައި އެމްބިއުލޭންސް ޕޭވް ވޭ ޕޭވް ކުރާނެ އެވެ.