18 Aug 2018, 20:56
ކުރީގެ ރީތީގެ ރާނީ އަދި ބޮލީވުޑާއި ހޮލީވުޑުގެ ކާމިޔާބު ތަރި ޕްރިޔަންކާ ޗޯޕްރާ 36، އާއި އޭނާގެ ލޯބިވެރިޔާ، އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް 25، ރަސްމީކޮށް އެންގޭޖުވެ އެކަންް އިއުލާނު ކުރުމާއެކު، އޭލިސްޓުގައި ހިމެނޭ ގިނަ އަދަދެއްގެ ފަންނާނުން އެ ދެ ތަރިންނަށް މަރުހަބާގެ މެސެޖުތައް ފޮނުވަން ފަށައިފި އެވެ.
ޕްރިޔަންކާ އާއި ނިކް ވަނީ އެމީހުންގެ އިންސްޓަގްރާމުގައި މިއަދު ކުރިއަށްދިޔަ އެންގޭޖުމެންޓު ހަފްލާގެ ތެރެއިން ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފަ އެވެ. ޕްރިޔަންކާ އާއި ނިކް އަށް މަރުހަބާ ކިޔަމުން އަންނަ ތަރިންގެ ތެރޭގައި ޖީޖީ ހަދީދް، ޕްރިތީ ޒިންޓާ، ރިތިކް ރޯޝަން، ލައުރާ ބްރައުން ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.
Congratulations to my dear@priyankachopra&@nickjonason their new journey together. Wish you both loads of love, happiness & togetherness always ???? ting#PriyankaNickEngagement#Celebrationpic.twitter.com/psNseJlibo
— Preity G Zinta (@realpreityzinta)August 18, 2018
Congratulations both#PriyankaNickEngagement#PriyankaChopra#NickJonaspic.twitter.com/yNxBzIXyp0
— Sushant Singh Rajput (@_SushantSingh)August 18, 2018
އޭގެ އިތުރުން އުރުވަޝީ ރައުޓެލާ، އަބީޝެކް ކަޕޫރު، ސުޝާންތު ސިންގް ރާޖްޕުތު، ސޯފީ ޗައުދަރީ ފަދަ ތަރިން ވެސް ވަނީ ޕްރިޔަންކާ އަށާއި ނިކް އަށް ތަހުނިޔާގެ މެސެޖުތައް ފޮނުވައިފަ އެވެ.
Congratulations to the beautiful couple ????#PriyankaNickEngagement@priyankachopra@nickjonas
— URVASHI RAUTELA (@urvashimrautela)August 18, 2018
ޕްރިޔަންކާ އާއި ނިކްގެ އެންގޭޖުމެންޓު ޕާޓީ މިރޭ އޮންނާނެއެވެ. އަންނަ މަހު އެ ދެތަރިން ކައިވެނި ކުރާނެ ކަމަށް ބެލެވެ އެވެ.
ޕްރިޔަންކާއާ އެންގޭޖުވުމަށް ފަހު ނިކް އިންސްޓަގްރާމް ކުރި ޕޯސްޓް.
ނިކް އާއި ޕްރިޔަންކާ ޑޭޓް ކުރަން ފެށިކަމަށް ބުނެ މީޑިއާގަައި ވާހަކަ ދައްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ މެޓް ގާލާގައި މި ދެތަރިން އެކުގައި ފެނުނު ފަހުންނެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ނިކް އާއި ޕްރިޔަންކާ އެކުގައި ވަގުތު ހޭދަކުރާކަމަށް ބުނެ އެމެރިކާގެ މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ނިކްއާ ކައިވެނިކުރަން ޕްރިޔަންކާ ވަނީ ބޮލީވުޑްގެ ފިލްމު "ބާރަތު" އިން އޭނާ އަށް ލިބުނު ރޯލު ދޫކޮށްލައިފަ އެވެ. އާ ހަޔާތެއް ފަށަން ނިކް އާއި ޕްރިޔަންކާ ތައްޔާރުވެފައިވާއިރު އެދެމީހުން ވެސް ތިބީ ވަރަށް އުފަލުން ކަމަށް އެ މީހުންގެ ގާތް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.