27 Aug 2018, 13:16
ލ. ގަމު ތުނޑި ޕެޓްރޯލް ޝެޑް ކައިރީގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގައި ހިންގި މާރާމާރީއާ ގުޅިގެން މިއަދު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލައިގައި އުމުރުން 23 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ މިއަދު ހެނދުނު 9:55 ހާއިރު، ގަން، މުކުރިމަގު ވަލުތެރޭގައި ފިލައިގެން އުޅެނިކޮށް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އެ މާރާމާރީގައި ޒަހަމްތައް ލިބުނު ތިން މީހުންވެސް ވަނީ އެރޭ ވަގުތުން ގަމު ރީޖަނަލް ހޮސްޕިޓަލަަށް ގެންގޮސް ފަރުވާދީފައެެވެ.
އެ މާރާމާރީގައި އަނިޔާވި އެކަކުގެ އަތަށް ލިބުނު އަނިޔާއަށް ފަރުވާ ދޭން ވަނީ މާލެ ގެނެސްފައެވެ. އެހެން ނަމަވެސް ގަމު ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވީ އެ ހާދިސާގައި އަނިޔާވި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނުވާ ކަމަށެވެ.
މާރާމާރީގައި ޒަހަމްވި ތިން މީހުންނަކީ ވެސް ތުނޑި އަވަށަށް ނިސްބަތްވާ މީހުންނެވެ.