31 Aug 2018, 21:33
ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު ސްމާޓް ފޯން، ސެމްސަންގް ގެލެކްސީ އެސް 9، ދިރާގުން ވިއްކަން ފަށައިފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ނޯޓް 9 ގަތުމަށް ޕްރީއޯޑަރު ކުރި މީހުނަށް ފޯނު ދޫކުރަން ވަނީ ފަށައިފަ އެވެ.
މިރޭގެ ރަސްމިއްޔާތު ފެށުމުގެ ގޮތުން، ގިނަ ބަޔަކު ވަނީ ފޯނު ގަތުމަށް ކިޔު ހަދާފަ އެވެ. އަދި އެ ރަސްމިއްޔާތުގައި ފޯރިގަދަ މިއުޒިކް ހަރަކާތްތަކާއި، ބޮޑުބެރުގެ ފަރި ހަރަކާތްތައް ބޭއްވި އެވެ.

ދިރާގުން ސެމްސަންގް ނޯތް 9 ވިއްކަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ދިރާގު
ދިރާގު މެދުވެރިކޮށް ނޯޓް 9 އަށް ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެ އެވެ. އޭގެ އިތުރުން އޭކޭޖީ ބްރޭންޑްގެ ބްލޫޓޫތް ސްޕީކަރެއް އެ މީހުންނަށް ލިބޭނެ އެވެ.
ސެމްސަންގުގެ އެންމެ ފަހުގެ ފޯނު ތަޖުރިބާ ކުރުމުގެ ފުރުސަތު، ދިރާގު ހެޑް އޮފީހުގެ އެކްސްޕީރިއަންސް ސެންޓަރުން ލިބޭނެ އެވެ.
ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓަރެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން، ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ފޯނުތައް ރަސްމީ ކޮށް ތައާރަފު ކުރަމުންނެވެ.