04 Sep 2018, 09:42
އދ. މާމިގިލީގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
މާމިގިލީ ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެންނެވެ. މިއީ 69.81 މިލިއަން ރުފިޔާގެ މަޝްރޫއެކެެވެ.
މި މަޝްރޫޢުގެ ދަށުން މާމިނގިލީގައި ފަސް ޕަމްޕް ސްޓޭޝަން ބަހައްޓައި 19 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމްކޮށްފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 300 މީޓަރުގެ އައުޓް ފޯލް ހޮޅި އަޅާ ރަށުގެ 516 ގެއަށް ވަނީ މި ޚިދުމަތް ދެވިފައެވެ.
މި ނިޒާމުގެ ޚިދުމަތް އެ ރަށުގެ ކައުންސިލުން ދަނީ ފޯރުކޮށްދެމުންނެވެ.