މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންފި އެވެ.

އިބޫގެ ފަރާތުން އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ އިއްޔެ ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިބޫ ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އިބޫ ވަޑައިގަންނަވަނީ ކޮން ގައުމަކަށް ކެމެއް މާރިޔާ ވިދާޅެއް ނުވެ އެވެ.

މިއީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ފަހު އިބޫ ރާއްޖެބޭރަށް ވަޑައުގަންނަވާ ފުރަތަމަ ފަހަރެވެ.

މިހަފްތާ ތެރޭގައި އިބޫ ވަނީ ބޭރުގެ ބައެއް ސަފީރުންނާއި މަންދޫބުންނާ ބައްދަލު ކުރައްވައިފަ އެވެ. ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމް އާ ވެސް އެމަކުފާނު ބައްދަލު ކުރައްވައިފަ އެވެ.