09 Oct 2018, 09:45
ވަން ޕްލަސް 6 ގެ އެންހޭންސްޑް ވާޝަން ވަންޕްލަސް 6ޓީ މިމަހު 30 ގައި ލޯންޗު ކުރަން ނިންމައި އެކަން އިއުލާނު ކޮށްފިއެވެ.
ވަންޕްލަސް 6ޓީ އެންމެ ހާއްސަވާނެ ކަމަކީ އެގެ ފިންގާ ޕްރިންޓް ސްކޭނަރު ސްކްރީން ތެރޭގައި ހިމަނާފައިވުމެވެ. މީގެ އިތުރުން މި ފޯނަކީ ހެޑްފޯނަށް ޙާއްސަ ޖެކެއް ނުހިމަނާ ވަން ޕްލަސް އިން ނެރޭ ފުރަތަމަ ފޯނެވެ.
ވަން ޕްލަސް ވާނީ އިން ދިސްޕްލޭ ފިންގާ ޕްރިންޓު ސްކޭނަރު ފޯނުގައި ހިމަނާ އެންމެ ފުރަތަމަ ބޮޑު ކުންފުންޏަށެވެ. ފޯނުގެ ޑިސްޕްލޭ ނޮޗްވެސް ވަންޕްލަސް އަށް ވުރެ 6ޓީގައި ކުޑަވާނެއެވެ.
މި ފޯނުގެ ސްޕެސިފިކޭޝަންސް އާ ގުޅޭ އިތުރު މާބޮޑު ތަފްސީލެއް އަދި އާންމުވެފައެއް ނުވެއެވެ. ނަމަވެސް ވަންޕްލަސް6ޓީ އަކީ ވަންޕްލަސް6 އަށް ވުރެ އަގުބޮޑުވާނެ ފޯނެއް ކަމަށްވެއެވެ.