01 Nov 2018, 09:39
ޗައިނާގައި މިހާރު ދައްކަމުން އަންނަ ރާނީ މުކަރްޖީގެ އެންމެ ފަހުން ނުކުތް ފިލްމު "ހިޗްކީ" އަށް 200 ކުރޯޑުގެ އާމްދަނީ އެއް ލިބިއްޖެއެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދަޝްކުރި ޓްވީޓްގައި ބުނީ ފިލްމަށް 200 ކުރޯޑުގެ އާމްދަނީ އެއް ލިބިފައިވާ ކަމަށާއި ޗައިނާގައި އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަކީ "ހިޗްކީ" ކަމަށެވެ.
ތަރަން ބުނީ "ހިޗްކީ" އަކީ ތަފާތު ފިލްމެއް ކަމަށާއި އޯޑިއަންސްގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
"ހިޗްކީ" ވަނީ ސިނަމާތަކުގައި ހިންދީ ފިލްމު ނާޅުވާ ބައެއް ގައުމުތަކުގައި ވެސް ރިލީޒްކޮށްފަ އެވެ. އޭގެ ތެރޭގައި ޖަޕާން، ކަޒަކިސްތާން އަދި ރަޝިޔާ ހިމެނެ އެވެ.
ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ އެ "ހިޗްކީ" އިން ރާނީގެ އިތުރުން ދެން ފެންނަނީ ސުޕްރިއާ ޕިލްގްއުންކަރް، އާސިފް ބަސްރާ، ކުނާލް ޝިންޑޭ އަދި ޝިވްކުމާރު ސުބްރަމާނިއަމް އެވެ.
ކާމިޔާބު ފިލްމުގެ "ހިޗްކީ"ގެ ޑައިރެކްޓަރަކީ ސިދާތު ޕީ މަލްއުތުރާ އެވެ.
ފިލްމުން ފެނިގެންދާނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިފައިވާ އަންހެނަކު އޭނާގެ ހުވަފެން ފުރިހަމަ ކުރާ މަންޒަރެވެ. ރާނީ އަށް ޖެހިފައިވާ އެ ބައްޔަކީ ކުރިން އޭނާގެ ބަލިފަ އެވެ. ކެތްތެރިކަމާ އެކީ އޭނާގެ ހުވަފެން ކާމިޔާބު ކުރުމަށް ރާނީ ކަންތައްތަކަށް ކުރިމަތިލައި ކާމިޔާބު ހޯދާތަން ފިލްމުން ފެނިގެންދެ އެވެ. ދަތި އުނދަގޫ ކަންތައްތައް ކަޑައްތު ކޮށް ކުރީގެ އޭނާގެ ބަލިފައި (އޭނާ އަށް ޖެހިފައި ހުރި ބަލި) އޭނާގެ އެންމެ ވަރުގަދަ ހަތިޔާރަށް ވެގެންދާ މަންޒަރު ވެސް ފިލްމުން ދައްކުވައިދެއެވެ.