ހުއްދަ ނެތި ރުށްގަސް ރާއްޖެއިން ބޭރުކުރުން މިހާރު ހުއްޓުވައިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސާސް އިން ބުނެފިއެވެ.

ކަސްޓަމްސްއިން މިއަދު ހަވީރު ކުރި ޓުވީޓެއްގައި ބުނީ ރުށް ގަސްތައް ރާއްޖެއިން ބޭރުކުރުމަށް އެ މުއައްސަސާއިން ހުއްދަ ދީފައިނުވާނެ ކަމަށެެވެ.

ނ. މާފަރުން ގިނަ އަދަދެއްގެ ރުއް ނަގައިގެން އަބޫ ދާބީއަށް ފޮނުވަން އުޅޭ ކަމުގެ އަޑުތަކާއެކު އެ ރަށު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވެސް މިދިޔަ ހޯމަދުވަހު ވަނީ ބުނެފައެވެ.