11 Nov 2018, 08:54
ދިވެހި ފިލްމީ ދާއިރާގައި ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ރަވީ ފާރޫގް އިންޑަސްޓްރީގެ މީހަކާ ކައިވެނި ކުރިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާގެ މަންމަ އަދި ފިލްމީ ތަރި މަރިޔަމް ހަލީމް ބުނެފިއެވެ.
"ސަން" އަށް ދިން އިންޓަވިއެއްގެ ތެރެއިން ރަވީގެ މަންމަ ބުނީ، ފިލްމީ ތަރިޔަކަށް ރަވީގެ ކައިވެނި ކުރިޔަސް ވަރަށް އުފާވާނެ ކަމަށާއި އެކަހަލަ މަންޒަރެއް ވެގެންދާނީ ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ކަމަށެވެ.
"މިހާރު ވެސް އެބަ ކިޔާ ރަވީ އުޅެނީ މި އިންޑަސްޓްރީގެ މީހަކާ ރައްޓެހިި ވެގެންނޭ، ހަމަ އެއްވެސް މައްސަލަ އެއް ނެތް އެކަހަލަ ގުޅުމެއް އޮތަސް،" ގިނަ ފިލްމު ތަކަކުން ފެނިފައިވާ މަރިޔަމް ބުންޏެވެ.

ދާދި ފަހުން ރިޝްމީ އޭނާގެ އިންސްޓާގްރާމް ގައި ޕޯސްޓްކޮށްފައިވާ ފޮޓޯ އެއް....
މީގެ ކުރިން ކައިވެންޏެއް ކޮށް ދެ ކުދިން ވެސް ހުންނަ ރަވީ ވަނީ މަޝްހޫރު ފިލްމީ ތަރި ރިޝްމީ އާ ލޯބީގެ ގޮތުން ގުޅިފައެވެ. އަދި އެ ދެތަރިން އެކުގައި ވަނީ ގިނަ މަސައްކަތް ތަކެއް ވެސް ކޮށްފައެވެ.
ރަވީ އާއި ރިޝްމީގެ ލޯބީގެ ގުޅުން ހުއްޓުމަކަށް ތަންކޮޅެއް ކުރިން އައި ނަމަވެސް ދާދި ފަހުން އަނެއްކާވެސް ވަނީ އެ ދެތަރިން އެކުގައި އުޅޭ ކަމުގެ އަޑުތަކެއް އަރާފައެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ރަވީ އަދި ރިޝްމީ ވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

ދާދި ފަހުން ރިޝްމީ އޭނާގެ އިންސްޓާގްރާމް ގައި ޕޯސްޓްކޮށްފައިވާ ފޮޓޯ އެއް....
ރަވީ އާއި ރިޝްމީ އެކުގައި އެންމެ ފަހުން ފެނުނު ފިލްމަކީ ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން މިދިޔަ އަހަރު ގެނެސްދިން ފިލްމު "ވިޝްކާ" އެވެ.
ފިލްމި އާއިލާ އަކަށް އުފަން ރަވީގެ މަންމަ މަރިޔަމް އަދި ބައްޕަ އަލީ ފާރޫގެ ގެ އެންމެ ބޮޑު އުންމީދަކީ ހުރިހާ އެންމެ އެކުގައި ފިލްމެއްގައި މަސައްކަތް ކޮށް އާއިލީ ފިލްމެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުމެވެ.