މަޝްހޫރު ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ފިލްމު "ސިމްބާ"ގެ ޓްރެއިލާ އަންނަ މަހުގެ ތިން ވަނަ ދުވަހު ބެލުންތެރިންނަށް ދައްކާލަން ނިންމައިފިއެވެ.

އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ރަންވީރު ސިންގް އާއި ސާރާ އަލީ ހާނެވެ.

"ސިމްބާ"ގައި ރަންވީރު ކުޅެފައިވަނީ ފުލުހެއްގެ ރޯލެވެ. އެ ފިލްމުގައި ވަރަށް މަޖާ ކަންތައްތައް ވެގެންދާނެ ކަމަށް ޑައިރެކްޓަރު ބުނެއެވެ. "ސިމްބާ"އަކީ ސާރާ ސްކްރީނުން ފެންނާނެ ދެވަނަ ފިލްމަށެވެ.

އެންމެ އަވަހަށް ދެން ސާރާ ފެންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ކެދާނަތު" އިންނެވެ. "ސިމްބާ"ގައި ރަންވީރު ކުޅެފައިވާ ރޯލަށް ރޯހިތު ވަނީ ތައުރީފް ކޮށްފައެވެ.

އެ ފިލްމުގެ ޓްރެއިލާ ބަލާލަން މީހުން އިންތިޒާރުގައި ތިއްބާ މި މަހުގެ 14 އަދި 15 ވަނަ ދުވަހު ރަންވީރު އާއި ދިޕިކާ ޕަދްކޯންގެ ކައިވެނި ކުރާނެއެވެ. އެ ކައިވެންޏަށް އެ ދެތަރިން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ކައިވެނި އޮތީ އިޓަލީގައެވެ.