16 Nov 2018, 22:34
އަމީނީމަގު މީރާ ކުރިމަތީ ގޯޅިގަނޑު ތެރޭގައި ހުންނަ މއ. ޒޫނާމަންޒިލްގައި ރޯވި އަލިފާން ދާދިދެންމެ ކޮންޓްރޯލްކޮށްފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ޒަހަމެއް ކަމެއް ނުވެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ، ޒޫނާމަންޒިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 10:14ގައި ކަމަށާއި ވަރަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއު ޓީމުގެ ފަރާތުން މަސައްކަތްކޮށް އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

މއ. ޒޫނާމަންޒިލް ގޭގައި ރޯވެފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް އެމްއެންޑީއެފަކުން އަދި ނުބުނެ އެވެ.
ޒޫނާމަންޒިލްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގޯޅިގަނޑު ތެރޭގައި ހުރި ގެތަކުން މީހުން ނެރެ ހުސްކުރި އެވެ.