ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުން އަހްމަދު މަހްލީފު މިރޭ އިސްތިއުފާ ދެއްވައިފި އެވެ.

މަހްލޫފު މިރޭ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައިވާ އިރު އޭނާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެބިނެޓުގައި ހިމަނާނެ ކަމަށް ވަނީ ހަބަރު ފެތުރިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްލޫފު އައްޔަން ކުރާނީ މިނިސްޓަރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ކަމުގެ މަގާމަށެވެ.

މަހްލޫފު ވަނީ 2009 ވަނަ އަހަރުން ފެށިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވާފަ އެވެ. މިރޭ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ އެ ދާއިރާގެ ރައްޔިތުންގެ ފަރާތުން އޭނާއަށް ލިބުނު ތާއީދަށްޓަކައި ޝުކުރު އަދާ ކުރައްވާފަ އެވެ.

އިބޫގެ ސަރުކާރުގައި 19 މިނިސްޓްރީއެއް ހިމެނޭ ގޮތަށް ކެބިނެޓް ސްޓްރަކްޗަ ވަނީ އެކުލަވާލައިފަ އެވެ.

އިބޫ ސަރުކާރުގެ މިނިސްޓަރުންނަށް ވާނެ ކަމަށް ބެލެވޭ ބޭފުޅުން

  • މިނިސްޓަރު އޮފް ފޮރިން އެފެއާޒް - އަބްދުﷲ ޝާހިދު
  • މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް - އިމްރާން އަބްދުﷲ
  • މިނިސްޓަރު އޮފް ޓޫރިޒަމް - ޑރ އަބްދުﷲ މައުސޫމު
  • މިނިސްޓަރު އޮފް ހެލްތު - ޑރ ޝަހު މާހިރު
  • މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް - ފައްޔާޒު އިސްމާއިލް
  • މިނިސްޓަރު އޮފް ފިނޭންސް - އިބްރާހިމް އަމީރު
  • މިނިސްޓަރު އޮފް ޑިފެންސް - މާރިޔާ އަހުމަދު ދީދީ
  • މިނިސްޓަރު އޮފް ފިޝަރީސް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ - ޒަހާ ވަހީދު
  • މިނިސްޓަރު އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް - ޝިދާތާ ޝަރީފު
  • މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ - މުހައްމަދު އަސްލަމް
  • މިނިސްޓަރު އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް - އާތިފާ ޝަކޫރު
  • މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް - އަހުމަދު މަހުލޫފު
  • މިނިސްޓަރު އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ - އަހުމަދު ފަޔާޒު
  • މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - އައިޝަތު ނަހުލާ
  • މިނިސްޓަރު އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް - ޔުމްނާ މައުމޫނު
  • މިނިސްޓަރު އޮފް ހަޔާ އެޑިއުކޭޝަން - ޑރ. އިބްރާހީމް ހަސަން