އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކޮށްފިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު އަލީ ޒާހިރާ ހަވާލުކުރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކެބިނެޓުގެ މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގ އެވެ.

އަލީ ޒާހިރު ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކުރި އިރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވަނީ ހޯމް މިނިސްޓަރުގެ މަގާމް ދީފައެވެ.

އޭނާއަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު ދިން އިރު، ރައީސް އޮފީހުގެ މިނިސްޓަރުކަން ދިނީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (މާލީ) އަލީ ޝިޔާމްއަށެވެ.

ބަންޑާރަނައިބުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ މީގެ ކުރިން ބަންޑާރަނައިބުގެ އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ވަކީލު އިބްރާހިމް ރިއްފަތުއެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މިނިސްޓަރުންވެސް މިއަދު ވަނީ ހުވާ ކުރައްވާފަ އެވެ.

ރައީސް އިބޫ ސަރުކާރުގެ މިނިސްޓަރުން

  • މިނިސްޓަރު އޮފް ފޮރިން އެފެއާޒް - އަބްދުﷲ ޝާހިދު
  • މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް - ޑރ އަހުމަދު ޒާހިރު
  • މިނިސްޓަރު އޮފް ޓޫރިޒަމް - އަލީ ވަހީދު
  • މިނިސްޓަރު އޮފް ހެލްތު - އަބްދުﷲ އަމީން
  • މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް - ފައްޔާޒު އިސްމާއިލް
  • މިނިސްޓަރު އޮފް ފިނޭންސް - އިބްރާހިމް އަމީރު
  • މިނިސްޓަރު އޮފް ޑިފެންސް - މާރިޔާ އަހުމަދު ދީދީ
  • މިނިސްޓަރު އޮފް ފިޝަރީސް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ - ޒަހާ ވަހީދު
  • މިނިސްޓަރު އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް - ޝިދާތާ ޝަރީފު
  • މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ - މުހައްމަދު އަސްލަމް
  • މިނިސްޓަރު އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް - އައިމިނަތު އާތިފާ ޝަކޫރު
  • މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް - އަހުމަދު މަހުލޫފު
  • މިނިސްޓަރު އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ - މަލީހު ޖަމާލު
  • މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - އައިޝަތު ނަހުލާ
  • މިނިސްޓަރު އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް - ޔުމްނާ މައުމޫނު
  • މިނިސްޓަރު އޮފް ހަޔާ އެޑިއުކޭޝަން - ޑރ. އިބްރާހިމް ހަސަން
  • މިނިސްޓަރު އޮފް ހޯމް އެފެއާޒް - އިމްރާން އަބްދުﷲ
  • މިނިސްޓަރު އޮފް އެޑިއުކޭޝަން - ޑރ އައިޝަތު އަލީ
  • މިނިސްޓަރު އޮފް އެންވާރަމެންޓް - ޑރ ހުސައިން ރަޝީދު