ވެރިކަމާ އިއްޔެ ހަވާލުވެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް މިރޭ ޖާފަތެއް ދެއްވައިފި އެވެ.

މިރޭ އާޓިފިޝަލް ބީޗު ސަރަހައްދު ބޭރު މަގުގައި ޖާފަތް ބާއްވާފައިވާ އިރު އެޖާފަތުގައި ރައީސް ސޯލިހު އަދި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގަތެވެ.

އޭގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ ވަޒީރުންވެސް ބައިވެރިވެ ވަޑައިގަތެވެ. ސަރުކާރު ހިއްސާވާ ހަތަރު ސިޔާސީ ލީޑާރުންގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން މަޖިލީހުގެ ރައީސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެ ވަޑައިގަތެވެ.

ގިނަ އަދަދެއްގެ ރައްޔިތުންގެ ބައިވެރިވި އެ ޖާފަތުގައި މިއުޒިކާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިއަދު ހަވީރު ރައީސް ސޯލިހު ވަނީ "ދުޅަ ހެޔޮ ހަށިހެޔޮ" ނަމުގައި ކުޅިވަރު އީދެއް ބާއްވަވައި އެ އީދުގައި އަމަލީ ގޮތުން ބައިވެރިވެޑައިގެންފަ އެވެ.