މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު ކަމަށް އަކްރަމް ކަމާލުއްދީން އައްޔަން ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މަގާމުގެ ފަތްކޮޅު އޭނާއަށް އަރުވާފައެވެ.

އަކްރަމް ކަމާލުއްދީނަކީ ރާއްޖެ ޓީވީގެ ކުރީގެ ޗެއާމަނެވެ. އަދި އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.