29 Nov 2018, 08:59
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ހުށަހަޅައިދޭ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ"ގެ ހާއްސަ ޕްރޮމޯއެއް ދައްކާލައިފިއެވެ.
އަންނަ މަހު 23 ވަނަ ދުވަހު ދައްކަން ފަށާ އެ ޝޯއަށް ކަޕިލް އަންނަނީ އޭނާގެ އަލަތު ކައިވެންޏަށް ފަހުއެވެ. ކަޕިލް އާ އޭނާގެ ލޯބިވެރިޔާ ގިނީ ޗަތުރަތު ކައިވެނިކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 12ގައެވެ. މިކަންވެގެންދާނީ ކަޕިލްއަށް ސަޕޯޓްކުރާ ގިނަ ފޭނުންނަށް ލިބޭ އުފާވެރި ހަބަރަކަށެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ދައްކަން ފެށި އެ ޝޯ ވަނީ މިދިޔަ އަހަރު މެދު ކަނޑާލާފައެވެ. ޝޯ ހޯސްޓްކޮސްދޭ ކަޕިލް ގެ ބަލިހާލަތު ހުރި ގޮތުން ޝޯ ހުއްޓާލުމަށްފަހު މި މަހުގެ 23 ވަނަ ދުވަހު އަނެއްކާ ވެސް ފެށުމަށް ހަމަޖެހިފައިވާއިރު އެ ޝޯ ޕްރޮޑިއުސްކުރާނީ ސަލްމާން ހާނެވެ.
Poore India ko ek saath hasaane aa raha hai#TheKapilSharmaShow! Jald hi sirf Sony par.@KapilSharmaK9pic.twitter.com/nDvw0Zl5W0
— Sony TV (@SonyTV)November 27, 2018
އެ ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ ސޮނީ އިންނެވެ. ފުރަތަމަ ޝޯގެ މެހެމާނުންގެ ގޮތުގައި ފެނިގެންދާނީ އަނުޝްކާ ޝަރްމާ، ޝާހްރުކްހާން އަދި ކެޓްރީނާ ކެއިފް ކަމަށް ހަބަރުތައް ބުނެއެވެ.