#Live Blog: Vissaaraigai Male' aai baeh rahrashugai fenboduvun
#Live Blog: Vissaaraigai Male' aai baeh rahrashugai fenboduvun

Last Updated:
7 year 12 month ago

މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއާއި ބައެއް ރަށްރަށުގައި ފެންބޮޑުވުން

    ބުލޮގު ޚުލާސާ

    މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވެރިރަށް މާލެއާއި އަތޮޅުތެރޭގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ، ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި.

    #Live Blog: Vissaaraigai Male' aai baeh rahrashugai fenboduvun
    #Live Blog: Vissaaraigai Male' aai baeh rahrashugai fenboduvun

    18:03

    17:39އައިޝަތު ފަރީޙާ

    ކަރަންޓް ލީކުވުމުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ސްޓެލްކޯ އިން ބުނެފި
    17:38އައިޝަތު ފަރީޙާ

    އެމްއެންޑީއެފުން ދަނީ ލިބެންހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން
    މޯލްޑިވްސް ޕޮލިސް ސާވިސް

    ފެންގަނޑު ތަކުގައި ކަރަންޓުގެ އަސަރު ހުރިކަމަށް ރިޕޯޓު އެބަ ލިބޭ
    17:07މުހައްމަދު މުޒައްޔިން ނާޒިމް

    މާފަންނު ބައެއް ގެތަކަށް ފެންވަދެ، ބައެއް ގެތަކުގައި ވަނީ ކަރަންޓު ކެނޑިފައި
    އެމްއެންޑީއެފްމުހައްމަދު މުޒައްޔިން ނާޒިމް

     ފެން ހިންދުމުގެ މަސައްކަތް އަދިވެސް ހުޓުމެއްނެތި މިދަނީ ކުރަމުން
    މާފަނު ގެޔަކަށް ފެބން ބޮޑު ވެފައި -- ސަން ފޮޓޯ
    ޕީއެސްއެމްމުހައްމަދު މުޒައްޔިން ނާޒިމް

    އެމްއެންޑީއެފްގެ އެހިތެރިކަމާއެކު ޕީއެސްއެމްގެ ޓީވީއެމް އިމާރަތުގައި ފެން ހިންދުމުގެ މަސައްކަތް މިދަނީ ކުރަމުން. ޓްރާންސިޝަން މެދު ކަނޑާނުލާ ކުރިއަށް ދެވޭނެ ކަމުގެ އުންމީދު އާވެއްޖެ
    16:49އައިޝަތު ފަރީޙާ

    ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރުން ބުނީ ވިއްސާރައާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހާލަތު ބަލަމުން އަންނަކަމަށް
    16:48އައިޝަތު ފަރީޙާ

    ކާޑު ގުދަންތަކަށް ފެން ނުވަންނާނެހެން ބަސްތާޖަހައި ކާޑުތަށް ސަލާމަތްކުރުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި
    16:48އައިޝަތު ފަރީޙާ

    ވިއްސާރައާ ގުޅިގެން ޑިފެންސް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ މާލޭގެ 14 ސަރަހައްދެއްގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށް.

    16:48އައިޝަތު ފަރީޙާ

    ވިއްސާރައިގެ ސަބަބުން ދެ ގެއަކުން މީހުން ނެރެންޖެހުނުކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވި
    16:45އައިޝަތު ފަރީޙާ

    މިއަދު ފަހަކުން މިރޭ 11 އަށް ވ. އަތޮޅާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފައި

    16:23އައިޝަތު ފަރީޙާ

    އެއްވެސް ކުޑަކުއްޖަކު އަދި ބޮޑުމީހަކު ޒަރޫރީ ބޭނުމަކަށް މެނުވީ މިވަގުތު ބޭރަށް ނިކުމެ ނޫޅުމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު އިލްތިމާސް ކުރައްވައިފި.

    16:15އައިޝަތު ފަރީޙާ

    ސިނަމާލެ ބްރިޖާއި ރިންގް ރޯޑުގައި ސައިކަލު ދުއްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި.

    16:15އައިޝަތު ފަރީޙާ

    މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ ދުއްވާ މީހާ އަށާއި މަގު ހިނގާ މީހުންނަށްވެސް އިޢާދަ ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތި ވެދާނެކަމެއްކަމަށް ވާތީ އެކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރޭ.

    16:14

    ވަކިން ހާއްސަކޮށް، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައި.

    16:13އައިޝަތު ފަރީޙާ

    ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަޤީންކުރުމަށް ފުލުހުން އިލްތިމާސްކުރޭ.

    ބޯކޮށް ވާރޭވެހި މާލޭމަގުތަކުގައި ފެންބޮޑުވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

    16:11

    މިނިސްޓަރު ވަނީ ވާރޭ ވެހޭއިރު ޓެކްސީތައް ޕާކުކޮށްފައި ނުބާއްވާ ޓެކްސީގެ ހިދުމަތް ދިނުމަށް ޑްރައިވަރުންނަށް އިލްތިމާސް ކުރައްވާފައި.

    16:09އައިޝަތު ފަރީޙާ

    ވިއްސާރަ ދުވަސްވަރު މަގުތައް ބޭނުންކުރުމުގައި ދުއްވާމީހުންނާއި ހިނގާ މީހުން އިތުރަށް ސަމާލުވުމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އިލްތިމާސް ކުރައްވައިފި، ޕާކު ކުރުމުގައި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ނަހުލާ ވަނީ ނަސޭހަތްތެރިވެ ލައްވާފައި.

    ޓްރާންސްޕޯޓު މިނިސްޓަރ ނަހުލާ މިޔަދު މީޑީޔާއަށް ދެއްވި ޕުރެސް -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

    16:07އައިޝަތު ފަރީޙާ

    ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަމްޕު ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަމީ ކުރަމުން. އެގޮތުން ވެސްޓްޕާކު ކައިރި އާއި މާފަންނު ވިލީ ފުލުސް ސަރަހައްދު، ދިރާގު ހެޑް އޮފީސް ކައިރި، ތާޖުއްދީން ސްކޫލު ފުރަގަސް، މައްޗަންގޮޅި ސްޓޭޑިއަމް އާ ދިމާ ބޮޑުވަޅު، ޣިޔާސުއްދީން ސްކޫލު ކައިރި، އިސްކަންދަރު ކޮށި ކައިރި، ޓީވީއެމް ހިންގާ އިމާރާތް އަދި ކުޑަކުދިންގެ ބަގީޗާ އާއި ދަރުބާރުގެއާ ދެމެދު އޮންނަ މަގުން ފެންހިއްކަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނޭ.

    ބޯކޮށް ވާރޭވެހި މާލޭމަގުތަކުގައި ފެންބޮޑުވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

    16:06އައިޝަތު ފަރީޙާ

    މާލޭގެ މަގުތަކުގައި ފެންބޮޑުވެ ބައެއް ވެހިކަލްތައް އޮޔާދާތީ ފުލުހުން ވަނީ، އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި.

    16:04އައިޝަތު ފަރީޙާ

    ގޭގެއަށާއި ފިހާރަތަކަށް ފެން ވަންނާތީ ފުލުހުންނާއި ސިފައިން އަދި އާންމުން ގުޅިގެން ވެލިބަސްތާ ޖަހަން ވަނީ ފަށާފައި.

    16:01އައިޝަތު ފަރީޙާ

    ވިއްސާރައާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ނިއުސް ބްރީފިންއެއް ދެއްވާގޮތަށް ވަނީ ހަމަޖެހިފައި.

    15:59އައިޝަތު ފަރީޙާ

    މާލެއަށް މިއަދު މިހާތަނަށް 140 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓުން ބުނޭ.