09 Dec 2018, 20:29
ކުޑަ އަންހެން ކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ، ރައީސް އޮފީހުގެ ކުރީގެ އަންޑާ ސެކްރެޓަރީ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިނިވަންކުރުމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމްވެސް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ހޯރަ އިއްބެ މިނިވަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކަރެކްޝަނަލް ސާވިސް އިން ވަނީ އެނާ މިނިވަން ކޮށްފައެވެ.
އެކަމާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނުތައް ހެދިފައިވަނީ މުޖުތަމައުގެ ރަނގަޅަކަށް ކަމަށާއި ކުޑަކުދިންނަށް ކުރާ އެއްވެސް ކަހަލަ އަނިޔާއަކަށް އޭނާ ތާއީދުނުކުރާ ކަމަށެވެ.
AdduMeedhoo dhaaira ge majlis gondi ah MDP ge primary gai alhugandu vaadha kuraanan in sha Allah.
Mi inthihaabugai alhugandah vote dhevvumah dhaaira ge MDP ge lobuvethi membarun kibain varah ihulaastherikamai eku edhen.https://t.co/hT1yqM06jkpic.twitter.com/jzoo1KYpjx— ???????? ???????????????????????????? ???????????????? ???? (@Roxeyna)December 8, 2018
ހޯރަ އިއްބެގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށަކީ މައާފު ދެވޭ ކުށެއް ނޫނެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްބެގެ އަދަބު ލުއިކޮށްދެއްވީ ބާކީ ފަސް އަހަރު އޮއްވަ އެވެ.
އިއްބެ ދޫކޮށްލި ފަހުން ތިން ދުވަސް ވެފައިވާއިރު އާންމުންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން އަދި ބައެއް ސިޔާސީ ބޭފުޅުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އެކަމާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.

6 ޑިސެމްބަރު 2012: ހޯރަ އިއްބެ ހައްޔަރުކޮށްގެން ގެންދަނީ -- ސަން ފައިލް ފޮޓޯ
މިމައްސަލައާ ގުޅިގެން ހަނު ހުންނެވުމަށްފަހު، އާންމުން ކަންބޮޑުވުންފާޅު ކުރަން ފެށުމުން، ރޭ ޖެންޑާ މިނިސްޓަރު ޝީދާތާ ޝަރީފް ކުރެއްވި ޓްވީޓްގައި ވަނީ ނުސީދާ ގޮތެއްގައި މިމައްސަލައިގައި ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.
ޝިދާތާ ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ކަށަވަރު ނުކުރާ، އެ ހައްގުތަކަށް އިހުތިރާމު ނުކުރާ އެއްވެސް ކަމަކަށް އެނާ ސަޕޯޓް ނުކުރައްވާނެ ކަމަށެވެ.
ހޯރަ އިއްބެ ދޫކޮށްލުމާ ގުޅިގެން ރޭ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް އިއްވި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެނާ ދޫކޮށްލީ އިންސާނިއްޔަތައްޓަކައި އާއިލާއާއި ދަރިފުޅުގެ ހައްގުގައި ކަމަށެވެ.
އެ އަންހެން ކުއްޖާއަށް 18 އަހަރުވުމުން ފަހުން ހޯރަ އިއްބެ ވަނީ އެނާ އާ ކައިވެނިކޮށްފަ އެވެ. އެ ދެމަފިރިންގެ ދަރިޔަކު ވެސް ހުރެ އެވެ.