18 Dec 2018, 11:52
ފިލްމު ސްޓްރީގެ "އާއޯ ކަބީ ހަވޭލީ ޕޭ" އިން ފެނިގެންދިޔަ ބޮލީވުޑްގެ ތަރި ކްރިތީ ސަނޯން އާއިލާ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ކްރިތީ އާއި އޭނާގެ މައިންބަފައިން އަދި އަންހެން ކޮއްކޮ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތަކެއް ވަނީ އިންސްޓަގްރާމު ފޮލޯވަރުންނަށް ދޫކޮށްލައިފައެވެ. ކްރިތީގެ އާއިލާ ޗުއްޓީ ހޭދަކުރަމުންދަނީ ތާޖު އެގްޒޯޓިކާ ރިސޯޓުގައެވެ.
ބުރަ އަހަރަކަށްފަހު އާއިލާ އާއެކު ޗުއްޓީ ހޭދަކޮށްލަން ލިބުމުން ކްރިތީ ހުރީ އުފަލުންނެވެ. މި ޗުއްޓީގެ ތެރެއިން ކްރިތީ ވަނީ އޭނާގެ ކޮއްކޮގެ އުފަންދުވަސް ވެސް ފާހަގަކޮށްފައެވެ.
ހައުސްފުލް4 ގެ ޝޫޓިން ނިންމާލުމަށްފަހު ކްރިތީ ރާއްޖެ އައިސްފައިވަނީ މަސައްކަތުން ބްރޭކެއް ނެގުމަށެވެ. އޭނާ ދެން މަސައްކަތެއް ފަށާނީ އަންނަ އަހަރު އެވެ.
ދިލްވާލޭ، ރާބްތާ ފަދަފިލްމުތަކުން ފެނިގެންދިޔަ ބަތަލާ މުނިފޫހިފިލުވުމުގެ ދާއިރާއަށް ނިކުތީ 2014 ވަނަ އަހަރު ތެލުގޫ ފިލްމަކުންނެވެ. އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ ހީރޯޕަތްނީ އެެވެ.
މީގެ ކުރިން ކްރިތީ ވަނީ ބޮލީވުޑްގެ ތަރި ސުޝާންތު ސިންގް ރާޖުޕުތް އާ ލޯބީގެ ގޮތުން ގުޅިފައެވެ.