ބްލޭޒަން އިންކުން ދޭ "މޯލްދިވްސް ބިޒްނަސް އެވޯޑްސް" ގެ ގާލާ ބާއްވައިފިއެވެ.

މިރޭ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ބިޒްނަސް އެވޯޑްސްގެ ގާލާގައި "ބިޒްނަސް އޮފް ދަ އިޔާ" ގެ އެވޯޑު ހާސިލްކޮށްފައިވަނީ އެލައިޑް އިންޝުއަރެންސް އިންނެވެ.

އެލައިޑް އަކީ ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދޭ އެއް ކުންފުންޏެވެ. 1995 ވަނަ އަހަރުން ފެށިގެން އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަމުންދާ އެލައިޑްއިން ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ވިޔަފާރި ފުޅާކޮށްފައެވެ. އެގޮތުން ވަކި ވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް އަދި އަޔާދީ ތަކަފޫލްގެ ނަމުގައި ތަކާފޫލްގެ ހިދުމަތްވެސް އެލައިޑް އިން ދެއެވެ.

މިރޭގެ ރަސްމިއްޔާތުގައި އިންޑަސްޓްރީ އެކްސެލެންސް، އެންޓަޕްރައިޒް އެކްސެލެންސް އަދި އިންޑިވިޖުއަލް އެކްސެލެންސް ކެޓަގަރީ އިން ވަނީ އެވޯޑުތައް ދީފައެވެ.

އިންޑަސްޓްރީ އެކްސެލެންސް އިން އެވޯޑު ލިބުނު ފަރާތްތައް:

  • އެކްސެލެންސް އިން ފައިނޭންސް (ބޭންކިން އެންޑް ފައިނޭންސް)- އެޗް ޑީ އެފްސީ

  • އެކްސެލެންސް އިން ފައިނޭންސް (އިންޝުއަރެންސް)- އެލައިޑް އިންޝުއަރެންސް
  • އެކްސެލެންސް އިން ހޮސްޕިޓަލިޓީ (ހޮޓެލްސް އެންޑް ގެސްޓް ހައުސް)- ރިވަރީސް ގެސްޓް ހައުސް
  • އެކްސެލެންސް އިން ހޮސްޕިޓާލިޓީ (ޓުއަ އޮޕަރޭޓާސް)- އިނަރ މޯލްޑިވްސް
  • އެކްސެލެންސް އިން ފިޝަރީސް އެންޑް އެގްރިކަލްޗާ- އެންސިސް ފިޝަރީޒް
  • އެކްސެލެންސް އިން ޔުޓިލިޓީ- އެމްޑަބްލިއުއެސްސީ
  • އެކްސެލެންސް އިން ކޮންސްޓްރަކްޝަން އެންޑް ރިއަލް އެސްޓޭޓް- އެސްއޭއެސްއީ ކޮންސްޓްރަކްޝަން
  • އެކްސެލެންސް އިން ހޯލްސޭލް އެންޑް ރީޓެއިލް- އެޓޯލް މާކެޓް
  • އެކްސެލެންސް އިން އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަން- އުރީދޫ މޯލްޑިވްސް
  • އެކްސެލެންސް އިން ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް- ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް
  • އެކްސެލެންސް އިން ހެލްތް ކެއާ- މެޑިކާ
  • އެކްސެލެންސް އިން ޕްރޮފިޝަނަލް ސާވިސް- އެމްއެޗްޕީއޭ އެލްއެލްޕީ

މޯލްޑިވްސް ބިޒްނަސް އެވޯޑްސް -- ސަން ފޮޓޯ: މުޒައިން

އެންޓަޕްރައިޒް އެކްސެލެންސް ލިބުނު ފަރާތްތައް:

  • ޕަބްލިކް އެންޓަޕްރައިޒް އޮފް ދަ އިޔާ -ދިރާގު

  • އިނޮވޭޓިވް ބިޒްނަސް އޮފް ދަ އިޔާ-އެލައިޑް އިންޝުއަރެންސް
  • އެލައިޑް ޕްރެޒެންޓްސް އެމްޕްލޯޔަ އޮފް ދަ އިޔާ- އެމްޑަބްލިއުއެސްސީ
  • އެފްޑީއައި އޮފް ދަ އިޔާ- އުރީދޫ މޯލްޑިވްސް
  • ދިރާގު ޕްރެޒެންޓްސް އެމްއެސްއެމްއީ އޮފް ދަ އިޔާ- އެމްބަރ ފަޔާ އެންޑް ސޭފްޓީ

އިންޑިވިޖުއަލް އެކްސެލެންސް: ލިބުނު ފަރާތްތައް:

  • ޔަންގް އެންޓްރަޕްރެނެއާ އޮފް ދަ އިޔާ- އަލީ ހާރިސް

  • ބިޒްނަސް ވުމެން އޮފް ދަ އިޔާ- ރާއިދާ ޝަފީގް
  • އިންސްޕިރޭޝަނަލް ލީޑާ އޮފް ދަ އިޔާ- އަބްދުލް މަޖީދު
  • އެންޓްރަޕްރެނެއާ އޮފް ދަ އިޔާ- މުހައްމަދު އަލީ ޖަނާހް

ބިޒްނަސް އެވޯޑްސް 2018: ލައިފްޓައިމް އެޗީވްމަންޓް / ގާސިމް އިބްރާހިމް -- ސަން ފޮޓޯ: މުހައްމަދު މުޒައިން

އެލީޓް އެވޯޑްސް:

ލައިފްޓައިމް އެޗީވްމެންޓް އެވޯޑް- ގާސިމް އިބްރާހިމް

ބިޒްނަސް އޮފް ދަ އިޔާ- އެލައިޑް އިންޝުއަރެންސް

މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ޚާއްސަކޮށްގެން ދޭ ފުރަތަމަ އެވޯޑެވެ. ރާއްޖޭގައި ހިންގާ ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ބްލޭޒަން އިންކުންދޭ މި އެވޯޑު ދޭ މިއީ ފުރަތަމަ އަހަރެވެ.

އަންނަ އަހަރުވެސް ބިޒްނަސް އެވޯޑު ދޭނެ ކަމަށް ބްލޭޒަން އިން ވަނީ ބުނެފައެވެ.