ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދަ އަރައިފާނެ ކަމަށް މެޓު އޮފީހުން ބުނެފިއެވެ.

މިއަދު ހެނދުނު 10 އިން މާދަމާ ހެނދުނު 10 އަށް މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކޮށްފައިވާ ވަގުތުތައް:

  • އުތުރުގެ ސަރަހައްދުތަކަށް 11:09 ގައި

  • މެދުތެރޭގެ ސަރަހައްދުތަކަށް 12:47 ގައި
  • ދެކުނުގެ ސަރަހައްދުތަކަށް 13:49 ގައި

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރި ނަމަވެސް ރާއްޖޭގެ ކަންކޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.