މަގުސަދު ހާސިލްނުވާތީ، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގަވައިދު އުވާލައިފިއެވެ.

ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކުރި އިއުލާނެއްގައި ވަނީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްޞަދު، އެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ، މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދުން ހާސިލުނުވާތީ، އެ ގަވާއިދު އުވައިލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

ޢަފުއާމު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ވަކި ހާލަތްތަކެއްގައި ކުށްވެރިންގެ އަދަބު އަދަބު ލުއިކޮށް ދިނުމުގެ ބާރު ރައީސަށް އޮވެއެވެ. މީގެ އިތުރުން ކުށްވެރިޔާ އެދިގެން ކްލެމެންސީ ބޯޑުން އެކުލަވާލާފައިވާ ގަވައިދެއްގެ މަތިން ވެސް ކުށްވެރިންގެ އަދަބު ލުއިކޮށްދެއެވެ.