24 Dec 2018, 16:07
ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ޖަހާފައިވާ ބައްތިތައް ޓެސްޓު ކުރަން މިރޭ ފަށާނެ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
އެޗްޑީސީ އިން ކުރި ޓްވީޓެއްގައި ބުނީ ހުޅުމާލެ-ހުޅުލެ ލިންކު ރޯޑުގެ ބައްތިތައް މިރޭ ވަގުތީ ގޮތުން ދިއްލަން ފަށާނެ ކަމަށެވެ.
ބްރިޖު މަގުގައި މިހާރު ދިއްލަނީ، ބްރިޖާއި ހުޅުލޭ ގުޅޭ ސަރަހައްދުން ތަންކޮޅެކެވެ. ބާކީ އޮންނަ ދިގު ސަރަހައްދު އޮންނަނީ ނުދިއްލަ އެވެ. އަދި އެ މަގު އެކަށީގެންވާ ވަރަށް އަލި ނޫން ކަމަށް ބުނެ އާންމުން ޝަކުވާ ވެސް ކުރެ އެވެ. އެ މަގުގައި ހިނގާ ގިނަ އެކްސިޑެންޓުތަކުގެ ސަބަބަކީ ވެސް އެކަށީގެންވާ ވަރަށް މަގު އަލި ކޮށްފައި ނޯންނާތީ ކަމަށް ވެސް އާންމުން ބުނެ އެވެ.
ލިންކު ރޯޑު ވަގުތީ ގޮތުން ދިއްލަން ފަށާއިރު އެ މަގު ދާއިމީކޮށް ދިއްލާނެ ދުވަހެއް އެޗްޑީސީ އަކުން ނުބުނެ އެވެ.
ސިނަމާލެ ބްރިޖާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވާލާ ލިންކު ރޯޑުގެ ބިން ހިއްކައި އެތަން ތަރައްގީ ކުރުމުގެ މަސައްކަތަށް 370 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.
We will be temporarily lighting up the street lights on Hulhulé –#Hulhumalélink road, tonight for a test round.#HDCMaldives
— HDC (@hdcmaldives)December 24, 2018