ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް މުހައްމަދު ޝަމީމް އައްޔަން ކޮށްފިއެވެ.

ޝަމީމް އެ މަގާމަށް އައްޔަންކޮށްފައި ވަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.

ޝަމީމަކީ ވީޓީވީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ވީޓީވީއަށްފަހު އޭނާ ވަނީ ޗެނަލް 13 ގައި ވެސް މަސައްކަތް ކުރައްވާފައެވެ.

ޕީއެސްއެމްގެ ބޯޑުގައި ހިމެނޭ ފަސް މެމްބަރުންގެ ތެރެއިން މަގާމުން ވަކިކުރީ ކުރީގެ އެމްޑީ އިބްރާހިމް ޚަލީލާއި ޑީއެމްޑީއަކަށް ހުންނެވި މުހައްމަދު އިކްރާމް އަބްދުއްލަތީފާއި ބޯޑު މެމްބަރު މަރިޔަމް އަޒްރާ އަހްމަދެވެ.

އެމްޑީގެ މަގާމަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ޓީވީއެމްގެ ކުރީގެ ސީއީއޯކަން ކުރެއްވި އަދާކުރެއްވި އަލީ ޚާލިދު އައްޔަންކޮށްފައެވެ. އެހެންކަމުން މިހާރު ޕީއެސްއެމްގެ ބޯޑަށް އައްޔަން ނުކުރެވި ވަނީ އެންމެ މެމްބަރެކެވެ.