28 Dec 2018, 10:34
ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ކުރިއަށް އޮތް ފިލްމު "މޭޑް އިން ޗައިނާ" އަންނަ އަހަރުގެ އޯގަސްޓު މަހުގެ 30 ވަނަ ދުވަހު އަޅުވާ ގޮތަށް ލަސްކޮށްފިއެވެ.
ކުރިން އެ ފިލްމު އަޅުވަން ނިންމާފައި އޮތީ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު އަޅުވާ ގޮތަށެވެ. ނަމަވެސް މިހާރު މިވަނީ އެ މަހުގެ 30 އަށް ފިލްމު ފަސްކޮށްފައެވެ.
ފިލްމުގެ ލީޑު ރޯލުން ފެންނާނީ ރާޖްކުމާރު ރޯއީއާއި މޯނީ ރޯއީއެވެ.
"މޭޑް އިން ޗައިނާ" ސްކްރީނަށް ގެންނަން ބުނި ތާރީހަށް ބަދަލެއް ގެނަައީ ރާޖްކުމާރުގެ އުފަން ދުވަހު ފިލްމު ރިލީޒްކުރަން ބޭނުންވާތީއެވެ. އަންނަ އޯގަސްޓު މަހުގެ ތެރޭގައި ރާޖުކުމާރު އަށް 34 އަހަރު ފުރޭއިރު މި އަހަރު ވެސް ރާޖުކުމާރުގެ އުފަންދުވަހު ވަނީ ފިލްމެއް ރިލީޒްކޮށްފައެވެ. އެއީ އޭނާ ލީޑު ރޯލުން ފެނިގެންދިޔަ "ސްޓްރީ" އެވެ.
"މޭޑް އިން ޗައިނާ"އަކީ މަޝްހޫރު ވިޔަފާރިވެރިއެއްގެ ދިރިއުޅުން ދައްކުވައިދޭނެ ފިލްމެކެވެ.
އެ ފިލްމުގެ މަންޒަރުތައް ޗައިނާގެ އިތުރުން އަބޫދާބީގައިވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.