31 Dec 2018, 08:51
ބޮލީވުޑްގެ ހިތްގައިމު ޖޯޑު، ޓައިގާ ޝްރޯފް އަދި ދިޝާ ޕަޓާނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
މި މަހު 25ގައި ދެތަރިން ރާއްޖެ އައިނަމަވެސް އެ ދެތަރިން ޗުއްޓީ ހޭދަކުރަމުންދަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއްނުވެއެވެ. ދިޝާ އާއި ޓައިގާ ރާއްޖެއައީ އާ އަހަރު ފާހަގަކުރުމަށެވެ.
ދެތަރިންވެސް ރާއްޖޭގެ ރީތިކަން ފެންނާނެ ފަދަ ފޮޓޯތައް ސޯޝަލް މީޑިއާއާ ހިއްސާކޮށްފައިވެއެވެ.
ދިޝާ އަދި ޓައިގާ އަކީވެސް މޫދަށާއި، މޫދު ކުޅިވަރުތަކަށް ވަރަށް ފޯރި ހުންނަ ދެމީހުން ކަމުން، ރާއްޖެއަކީ އެ ދެމީހުންނަށް ވެސް އެންމެ ކަމުދާ އެއް މަންޒިލެވެ.
View this post on Instagram
Thats what happens when you eat icecream all week... crashlanding #bellyflop #wipeout #????????
މިދިޔަ ފަހަރު ވެސް އެދެތަރިން އާ އަހަރު ފާހަގަކުރީ ރާއްޖޭގައެވެ. އެފަހަރު ރާއްޖެ އައިސް ދެމީހުން ތިބީ ކޮންރެޑް މޯލްޑިވްސްގައެވެ.