01 Jan 2019, 12:46
ގއ. ވިލިނގިލީ ކައުންސިލަރަކު އަންހެން މުވައްޒިފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށަައިފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ވިލިނގިލީ ކައުންސިލަރު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެނީ އެ އިދާރާގެ އަންހެން މުވައްޒިފަކަށެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު އެ މުއަސަސާއަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ވިލިނގިލި ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު "ސަން" އަށް ވިދާޅުވީ، އޭނާ އެވަގުތު ހުންނެވީ ރަށުން ބޭރުގައި ކަމަށާއި ނަމަވެސް ފުލުހުންގެ ފަރާތުން ވިލިނގިލީ ކައުންސިލަރަކަށް އެފަދަ ތުހުމަތެއް ކުރެވޭ މައްސަލައެއް ބަލަމުން ގެންދާ ކަމަށް މައުލޫމަތު ލިބިފައިވާ ކަމަށެވެ.
"އަޅުނޑު ރަށަށް އައީ އިއްޔެ. މާބޮޑު ތަފުސީލެއް ނޭނގެ. ނަމަވެސް އެފަދަ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ ފަރާތުން ވަނީ މައުލޫމަތު ލިބިފައި،" ކައުންސިލް ރައީސް މުސްތަފާ ވިދާޅުވި އެވެ.
ތަހްގީގު ކުރެވެމުންދާ މައްސަލައަކަށް ވުމުން އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.