ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ "ސިމްބާ" ރިލީޒްކުރިތާ ފަސް ދުވަހުގެ ތެރޭގައި އެ ފިލްމަށް 100 ކުރޯޑުގެ އާމްދަނީއެއް ލިބިއްޖެއެވެ.

ރަންވީރު ސިންހް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި 13 ވަނަ ފިލްމެވެ.

"ސިމްބާ" ބެލުމަށް ފަހު ގިނަ ފިލްމީ ކްރިޓިކުނާއި އާންމުން ތައުރީފް ކުރަމުން އަންނަ އިރު އެ ފިލްމަކީ މިދިޔަ އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެެއް ފިލްމަށް ވާނެ ކަމަށް އެންމެން ވެސް ބުނެއެވެ.

އެ ފިލްމަކީ 80 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

"ސިމްބާ"ގައި ރަންވީރު ކުޅެފައިވަނީ ފުލުހެއްގެ ރޯލެވެ. އެ ފިލްމުގައި ވަރަށް މަޖާ ކަންތައްތައް ވެގެންދާނެ ކަމަށް ޑައިރެކްޓަރު ބުނެއެވެ. "ސިމްބާ"އަކީ ސާރާ ސްކްރީނުން ފެންނާނެ ދެވަނަ ފިލްމަށެވެ.