މާލޭގެ ބައެއް ސަރަހައްދުތަކުގައި ބަޔަކު މީހުން ބުޅާ މަރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ ފުލުހުން ކުރި ޓްވީޓެއްގައި ބުނީ މާލޭގައި އަނިޔާވެރިކޮށް ބުޅާ މަރަމުންދާތީ އެކަން ހުއްޓުވުމަށް އެދި އާންމުންގެ ބަޔަކު ފުލުހުންނަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ.

އެހެން ކަމުން ބުޅާ މަރާ މައްސަލަ ސީރިއަސް މައްސައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުންގެ ޓްވީޓުގައި ވަނީ ބުނެފަ އެވެ.

މީގެ ކުރިން ފުލުހުންގެ މީޑިއާ އޮފިސަރަކު "ސަން"އަށް ވިދާޅުވީ، ފުލުހުންނަށް ބުޅާ މަރާ ކަމުގެ މައްސަލަ ހުށަހަޅައިފި ނަމަ އެ މައްސަލައެއް ފުލުހުން ބަލާނެ ކަމަށެވެ.

ޖަނަވާރުންނަށް އަނިޔާކޮށް މެރުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވިދާނެ އެވެ.