29 Jan 2019, 19:59
މިނިސްޓްރީ އޮފް ޕްލޭނިންގެ އެންޑް އިންފްރާސްޓްރަކްޗާގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޒީނިޔާ އަހްމަދު ހަމީދު މިއަދު އައްޔަންކުރައްވައިފިއެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަނު ކުރި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޒީނިއާ އަކީ 11 އަހަރު ސަރުކާރުގެ އެކި ވަޒީފާތަކުގައި ހިދުމަތްކުރައްވާފައިވާ ބޭކަނބަލެކެވެ މިގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާ ސްޓްރަކްޗަާ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ނެޝަނަލް ޓެންޑަ ބޯޑުގެ މެންބަރުކަން އަދާކުރެއްވުމާއި އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ، ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޯލޮޖީ ގެ އެޑްވައިޒަރީ ކޮމިޓިގެ މެމްބަރުކަން ވެސް އަދާކުރެއްވިއެވެ.
ޒީނިޔާ އަ ވަނީ ބެޗްލަރ އޮފް އާރކިޓެކްޗާ އިން ވެސްޓާން އޮސްޓްރޭލިއާގެ ޕަރތްގެ ކަރޓިން ޔުނިވަރސިޓީގައި ޑިގްރީ ފުރިހަމަކުރައްވާފައެވެ. އަދި އިތުރު ބެޗްލާރ ޑިގްރީ އެއްބެޗްލަރ އޮފް ސައިންސް އިން އާރކިޓެކްޗަރަލް ސައިންސް ގެ ދާއިރާއިންވެސް ވަނީ ފުރިހަމަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއެއްގޮތަށް އަދި މިނިސްޓަރުގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އަދި އޮފީސް ހިންގެވުމުގައި ސިވިލް ސާރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިޙްތިސޯސް އާއި ސިޔާސަތު ތަންފީޒުކޮށް ދެއްވުމުގައި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެރައީސް އެދިވަޑައިގެންނެވިއެވެ.
ޕާމަނަންޓް ސެކްރެޓަރީ އިންނަކީ ސިވިލް ސާވިސްގެ ފަރާތުން ވުޒާރާތަކުގައި އެންމެ އިސްކޮށް ހުންނަ ފަރާތެވެ.