ސިއްރުފެންފުށި ރިސޯޓުގައި މަސައްކަތް ކުރަން އުޅެނިކޮށް އިމާރާތަކުން ވެއްޓި، އަނިޔާވި ދިވެއްސަކު މަރުވެއްޖެ އެވެ.

އޭނާ މަރުވެފައި ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މަރުވެފައި ވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ.

ސިއްރު ފެންފުށީގައި އިމާރާތަކުން ވެއްޓި މަރުވި ޒުވާނާއަށް ލިނުނު އަނިޔާތަކުގެ ތަފްސީލު ސާފުވެފައެއް ނުވެ އެވެ.

މިއަދު ހެނދުނު ނ. މާފަރުގައި މަސްހިފަން އުޅުނު މީހަކު މަރުވެފައިވާ އިރު ލ. ހިތަދޫ އިން މަހަށް ނިކުމެ އުޅުނު މީހަކު ވެސް ވަނީ މަރުވެފަ އެވެ.