05 Feb 2019, 13:05
ބުކްޝޮޕެއްގެ ތެރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީ އިން ބަލަން ފަށައިފިއެވެ.
ޖެންޑާ އިން ބުނީ ބުކްޝޮޕެއްގެ ތެރޭ ކުޑަ ކުއްޖަކަށް ގޯނާ ކުރި މައްސަލައެއް ހުށަހެޅި ފައިލް ކުރެވިފައިވާ ކަމަށާއި އެ މައްސަލައިގައި މިހާރު ބަޔާން ނަގައިފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ޕޯސްޓެއްގައި ވަނީ ނަންމަޝްހޫރު ބުކްޝޮޕެއްގައި މަސައްކަތްކުރާ ބިދޭސީއަކު ނުވަ އަހަރުގެ ކުޑަ އަންހެންކުއްޖެއްގެ މޭމަތީ އަތްލާފައިވާ ކަމަށާއި އޭރު އެ ކުއްޖާ ހުރީ ކުއްޖާގެ މަންމައާއެކު ކަމަށެވެ.
މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ބިދޭސީ މީހާ އޭރު މަސައްކަތްކުރި ފިހާރައިން އެހެން ފިހާރައަކަށް ބަދަލުކޮށްފައިވާކަމަށްވެސް ކުޑަ ކުއްޖާގެ ބޮޑުދައިތަ ފޭސްބުކްގައި ލިޔެފައިވެއެވެ.
މި މައްސަލާގައި ފުލުހުންގެ ބަހެއް ހޯދުމަށް ފުލުހުންނަށް ގުޅުމުން ފޯނު ނުނަގާތީ ފުލުހުންގެ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފައެވެ.