13 Feb 2019, 12:37
ސިއްހީ ހިދުމަތް އާ ބިންގަލެއް މަތީ އާރާސްތުކުރުމުގެ މަސައްކަތް ފައްޓަވައިފި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ހޮޓެލްޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސިޔާސަތާ އެކު އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.
"ކޮންމެ ދަޢުރެއްގައި އަދި ކޮންމެ އަހަރެއްގައި، ކޮންމެ ދުވަހަކު މަސައްކަތްކުރި ކަމުގައި ވިޔަސް، ސިއްހީ ޚިދުމަތުގައި އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތް އަބަދު ވެސް ހުންނާނެ،"
އަމީން ވިދާޅުވީ ސިއްހީ ދާއިރާ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖެ އިން ލިބޭ ސިއްހީ ހިދުމަތަކީ ރައްޔިތުން އިތުބާރު ކުރާ ޚިދުމަތަކަށް ހެދުމަށް ކަމަށެވެ.
ސިއްހީ ދާއިރާ ކުރިއަރުވަން ގެންނަން ޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެނައުމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ދެދުވަހުގެ މުއްދަތަށް ބޭއްވި އެ ފޯރަމަކީ ސަރުކާރުގެ ސިއްހީ ސިޔާސަތަށް އަހުލުވެރިކޮށް ސިއްހީ ދާއިރާގައި ހުރި މައިގަނޑު މައްސަލަތައް ދެނެގަތުމަށް ބޭއްވި ފޯރަމެކެވެ.
އެ ފޯރަމުގައި ވަނީއަތޮޅުތެރޭ މަސައްކަތްކުރާ ހޮސްޕިޓަލްތަކުގެ މެނޭޖަރުން ބައިވެރިވެފަ އެވެ.