15 Feb 2019, 18:40
މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ އެނިމޭޓެޑް ފިލްމުގެ ރިކޯޑު މުގުރާލާފައިވާ މަޝްހޫރު ކާޓޫން، "ފްރޯޒެން"ގެ ދެވަނަ ބައި "ފްރޯޒެން 2"ގެ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.
ކާޓޫންގެ ފުރަތަމަ ބައި ދައްކާލީ 2013 ވަނަ އަހަރުއެވެ. އެ ކާޓޫންގެ ފުރަތަމަ ޓީޒާ ޓްރެއިލާ އާންމުކުރި އިރު އެއިން ފެންނަނީ މައިގަނޑު ކެރެކްޓާސް އެލްސާ، އާނާ، ކްރިސްޓޯފް އަދި އޯލާފްއެވެ.
ކްރިސް އަދި ޖެނިފާ ލީ ޑައިރެކްޓުކޮށް އުފައްދާފައިވާ އެ ކާޓޫން ސިނަމާތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ހޮލީވުޑް ބޮކްސް އޮފީހުގައި 1.3 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފްރޯޒެން އަކީ މިހާތަނަށް އެންމެ ގިނަ އާމްދަނީ ލިބިފައިވާ ބޮޑެތި ފިލްމުތަކުގެ ލިސްޓުގައިވެސް ހިމެނޭ ފިލްމެކެވެ.