އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އޮފީހަށް ނުނިކުންނަތާ ދެ ހަފްތާ ވެއްޖެ ކަމަށް "ސަން" އަށް ކަށަވަރު ވެއްޖެ އެވެ.

އޭސީސީ ރައީސް ލުތުފީއަށް ތުހުމަތު ކުރެވޭ މަނީ ލޯނަޑަރިންގެ މައްސަލައެއް ފުލުހުން ބަަލަމުންދާ ކަމަށް މިދިޔަ ހަފްތާ އާދިއްތަ ދުވަހު ފުލުހުން ވަނީ ބުނެފަ އެވެ.

ލުތުފީ އޮފީހަށް ނުނިކުންނަވާތާ ދެ ހަފްތާ އެއްހާ ދުވަސް ވެއްޖެ ކަމަށް އޭނާ ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވައިފި އެވެ. އޮފީހުން ނުނިކުންނަވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ލުތުފީ ވިދާޅުވީ އެކަމާ ގުޅިގެން "ކޮމެންޓެއް" ކުރާކަމަށް ބޭނުމެއް ނޫން ކަމަށެވެ.

ލުތުފީ އޭސީސީ އަށް ނުނިކުންނަ ސަބަބު ސާފުކުރުމަށް އޭސީސީ އަށް ގުޅުމުން އެ ކޮމިޝަނުން ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓާ އިޒްމިއާ ޒާހިރު "ސަން"އަށް މިއަދު ވިދާޅުވީ، ލުތުފީއަށް ތުހުމަތު ކުރެވޭ މަނީލޯންޑަރިންގެ މައްސަލައިގެ ތަހުގީގު ކުރިއަށް އަދިވެސް ކުރިއަށް ގެންދާ ކަމަށާއި ހާޒިރުކުރަންޖެހޭ މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހު، މައުލޫމަރު ސާފު ކުރަމުންދާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީގެ މެމްބަރުން ރިޝްވަތު ނެންގެވި =ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މީގެ އިތުރުން ހިޔާނާތުގެ ފައިސާ ދައުރު ކުރުމަށް ބޭނުން ކުރި އެސްއޯއެފްގެ އެކަންޓު މެދުވެރިކޮށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބައެއް މެމްބަރުންގެ އާއިލާތަކަށް ވެސް ލިބުނު ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މީގެ ކުރިން ވަނީ ތުހުމަތުކުރައްވައިފަ އެވެ.

އޭސީސީ މެމްބަރުން، މެމްބަރުކަމުން ވަކިކޮށްދިނުމަށް އެދި މީގެ ދެހަފްތާ ލކުރިން ބައެއް މުޒާހަރާ ވެސް ކުރިއެވެ.