02 Mar 2019, 18:24
ތައިލެންޑްގެ ޔުނިވާސިޓީއެއް ކަމަށްވާ ސިރިންދޯން އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން އިންޖިނިއަރިންގެ ގިނަ ކޯސްތަކެއް ހުޅުވާލައިފިއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ 2019" ގައި އެ ޔުނިވާސިޓީއިން ވަނީ ބައިވެރިވެފައެވެ.
ދަރުބާރުގޭގައި އެ ފެއާ މިރޭ ރޭގަނޑު 10:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެ ޔުނިވާސިޓީން ކިޔަވައިދޭ ބައެއް ކޯސްތައް
- ސިވިލް އިންޖިނިއަރިން
- ކެމިކަލް އިންޖިނިއަރިން
- މެކޭނިކަލް އިންޖިނިއަރިން
- އިލެކްޓްރިކަލް އިންޖިނިއަރިން
- ކޮމްޕިއުޓާ އިންޖިނިއަރިން
- އިންޑަސްޓްރިއަލް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ސިސްޓަމް
- ޑިޖިޓަލް އިންޖިނިއަރިން
އަދި ޔުނިވާސިޓީން ބުނީ، އެ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ނަތީޖާ ރަނގަޅު ދަރިވަރުންނަށް ފުލް ސްކޮލޮޝިޕަށްވެސް ކުރިމަތިލެވޭނެ ކަމަށެވެ.
ފެއާއަށް ޒިޔާރަތްކުރުމުން އެ ޔުނިވާސިޓީއާ ބެހޭ އިތުރު މައުލޫމާތުލިބިވަޑައިގަންނަވާނެއެވެ