05 Mar 2019, 17:20
އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، ސަންޖޭ ސުދީރު އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ އިންޑިއާ އިން ރާއްޖެއަށް ވެދެމުންދާ އެހީ ފާހަގަކުރައްވައިފައެވެ.
ބައިނަލް އަގުވާމީ މައިދާނުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމާ ސަރަހައްދީ ކަންކަމުގައި ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އިންޑިއާގެ އާ ސަފީރު ވިދާޅުވީ ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އިންޑިއާ ސަރުކާރުންވެސް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަމަށެވެ.