މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުންދޭ ރެހެންދި އެވޯޑު މިއަހަރު ނުވަ އަންހެނަކާއި ޖަމިއްޔާއަކަށް ދީފިއެވެ.

ރެހެންދި އެވޯޑު ދިނުމަށް މިއަދު މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރެހެންދި އެވޯޑު ލިބުނު ފަރާތްތަކަށް ބްރޫޗު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. އެ ފަރާތްތަކަށް ޝީލްޑް ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ.

މިއަހަރު ރެހެންދި އެވޯޑު ހާސިލް ކުރެއްވި ފަރާތްތައް:

  • އާމިނަތު މުހައްމަދު: އެކްސެޕްޝަނަލް އިންސްޓިޓިއުޝަނަލް ސާވިސް - އާމިނަތު މުހައްމަދަކީ ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު

  • އާއިޝަތު ނާޒިމާ: އިޖުތިމާއީ ދާއިރާ - އެހެންމީހުންނަށް ކުޅިވަރު ދަސްކޮށްދީ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ. ކުޅިވަރުގެ ދާއިރާގައި 27 އަހަރު ހަރަކާތްތެރިވެ ލައްވާފައިވޭ.
  • މަރިޔަމް ޝިފްޒާން: ނޮން ޓްރެޑިޝަނަލް ރޯލްސް- ރާއްޖޭގައި ހުރި ހަމައެކަނި އަންހެން އެއާ ވާދިނަސް ޓެކްނީޝަން
  • މުއުމިނާ އާދަމް: އިޖުތިމާއީ ދާއިރާ - ކުޅިވަރު ކުޅުމަށް އަންހެނުން ތަމްރީނު ހިތްވަރުކުރުމުގެ ރޮނގުން
  • އާއިޝަތު ލޫބާ: އިޖުތިމާއީ ދާއިރާ - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރައްވާ ބޭކަނބަލެއް
  • އެމްޕްލޯޔާސް ކެޓެގަރީ: ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)
  • އާމިނަތު އަޒްކާ އާދިލް: ނަން ޓްރެޑިޗާނަލް ރޯލްސް - ފެތުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ
  • އަމީނާ އަލީ ކަލޭފާނު: އިގްތިސޯދީ ދާއިރާ އެމްބޮއިޑަރީގެ މަސައްކަތާއި ފެހުމުގެ މަސައްކަތް ކުރައްވާ ކަނބަލެއް
  • އާއިޝަތު ޝިރުހާނާ: އިޖުތިމާއީ ދާއިރާ - ޑައިބެޓިކް އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު
  • ނަސްރީނާ އަލީ: އެކްސެޕްޝަނަޕް އިންސްޓިޓުއުޝަނަލް ސާވިސް ގެ ދާއިރާ - ކެއްކުމުގެ ދާއިރާގައި ކާމިޔާބު ކަނބަލެއް