11 Mar 2019, 15:22
ކޮންމެ އަހަރަކު ވެސް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްއިން ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދާ އެސްޓީއޯ އިން ރަމަޟާން ބާޒާރު ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ސޭލް ރަސްމީކޮށް ފައްޓަވައި ދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު އެވެ.
އެ ޕްރޮމޯޝަން 10 މޭ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯގެ ސީނިއާ މެނޭޖާ، އައިމިނަތު ޝުރުފާ ވިދާޅުވީ އެ ޕްރޮމޯޝަން އެސްޓީއޯގެ އަތޮޅު ތެރޭގެ ހުރިހާ ފިހާރައެއްގައި ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މި ޕްރޮމޯޝަން ކުރިއަށްދާ އިރު މުޅި ޖުމްލަ އެއް މިލިއަން ރުފިޔާގެ މުދާ އެބަ ދޫކޮށްލަން ކަސްޓަމަރުންނަށް. އޭގެ ތެރޭގައި ހިމެނޭ ކަސްޓަމަރުން ވަގުތުން މުދާ ބައްލަވައިގަތީމަ ލިބޭ މުދަލާއި އޭގެ އިތުރުން ކޮންމެ ހަފްތާއަކު އަޅުގަނޑުމެން އެބަ ހޮވަން ނަސީބުވެރި ފަރާތެއް." ޝުރުފާ ވިދާޅުވި އެވެ.
އެގޮތުން ވަގުތުން ލިބޭ އިނާމްތަކުގެ ގޮތުގައި ފިލިޕްސްގެ އެއާ ފްރަޔާއެއް ގަތުމުން ފެން ހޫނު ކުރާ ޖަގެއް އަދި މަކިޓާ ބްރޭންޑްގެ 30،000 ރުފިޔާ އިން މަތީ ވިޔަފާރި ކުރާ ފަރާތްތަކަށް "ސަފްރައިޒް" އިނާމުތަކެއް ލިބިގެންދާނެ ކަމަށް ވެސް ޝިރުފާ ވިދާޅުވި އެވެ.
އަދި އެ ޕްރޮމޯޝަން ނިމުމުން ލަކީޑްރޯއެއް ބާއްވައި ތިން ފަރާތަކެއް ހާއްސަ އިނާމްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެއްވަނަ އަށް އަންނަ ފަރާތަކަށް 80،000 ރުފިޔާ، އަދި ދެވަނައަށް 40،000 ރުފިޔާ އަދި ތިންވަނައަށް އަންނަ ފަރާތަކަށް 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޝުރުފާ ވިދާޅުވީ އެ ޕްރޮމޯޝަންގައި 30 ޕަސެންޓްއާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.
ވަގުތުން ލިބޭ އިނާމުތަކުގެ ތެރޭގައި ފިލިޕްސްގެ އެއާ ފްރަޔާއެއް ގަތުމުން ފެން ހޫނު ކުރާ ޖަގެއް ލިބޭ އިރު މަކިޓާ ބްރޭންޑްގެ 30،000 ރުފިޔާ އިން މަތީ ވިޔަފާރި ކުރާ ފަރާތްތަކަށް "ސަފްރައިޒް" އިނާމުތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުރުފާ ވިދާޅުވީ އެ ޕްރޮމޯޝަންގައި 500 ރުފިޔާގެ ވިޔަފާރު ކުރުމުން ކޫޕަނެއް ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.