ތ. ތިމަރަފުށީގައި ވޭނަކުން ޖެހި އެކްސިޑެންޓްވެ އަނިޔާވި 52 އަހަރުގެ އަންހެން މީހާ މާލެ ގެންނަން ނިންމައިފިއެވެ.

މިއަދު މެންދުރު 02:15 ހެލިކޮޕްޓަރުގައި މާލެ ގެނެވޭނެ ވަރު ވާނެކަމަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭނާ މާލެ ގެންނަނީ ތ. ވޭމަންޑޫއިންނެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގައިފައިވަނީ މިއަދު ހެނދުނު 7:45ގައި ކަމަށެވެ.

އެ ހާދިސާ ހިނގީީ އެ ރަށުގެ ހިއްކި ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުގައި އެ އަންހެން މީހާ ހިނގާފައި ދަނިކޮށްކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަންހެން މީހާގެ ބޮލުގެ ތިން ތަނުން ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާއަށް ފުރަތަމަ ތިމަރަފުށީ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އެ އަތޮޅުގެ ވޭމަންޑޫ ހޮސްޕިޓަލްގައިވެސް ވަނީ ފަރުވާދީފައެވެ.