29 Mar 2019, 21:21
މާލޭ ހުޅަނގުފަރާތު އާޓިފިޝަލް ބީޗު، ރަސްފަންނަށް މޫދަށް އެރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ރަސްފަންނު މޫދު މިވަގުތަށް ބަންދު ކޮށްފައިވާ ކަމަށާއި ބަލަންޖެހޭ ބައެއް ކަންތައް ބެލުމަށްފަހު އެތަން ހުޅުވާނެ ވަކި ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
Samaalkamah:
Rasfannu Moodhu mivaguthah vany bandhu kurevifai.
Balan jehey baeh kankan belumahfahu hulhuvaane vaki thaareeheh fahun iulaan kureveyne.@HPA_MV@EnvGovMv@PoliceMvpic.twitter.com/ALd08D7TcK— Male' City Council (@MaleCitymv)March 29, 2019
ރަސްފަންނު ބަންދު ކުރީ ސީދާ ކީއްވެ ކަމެއް ސިޓީ ކައުންސިލަކުން ނުބުނެއެވެ. ނަމަވެސް ރަސްފަންނު މޫދުގައި ނަޖިސް ދައުރުވާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރަސްފަންނު މޫދުގައި ނަޖިސް ދައުރުވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައް އެ އެޖެންސީ އިން ބަލަމުން ގެންދާ ކަމަށެވެ.
އަދި ވަކިއެއްޗެއް އަންގަންދެން ރަސްފަންނު މޫދަށް ނޭރުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
???? Alert : Following reports of fecal contamination in#Rasfannuwaters, Ministry of Health is undertaking necessary measures. Meanwhile,we urge the public to be vigilant and not to use the#rasfannuwaters until further notice.@MFDA_mv@MaleCitymv@EnvGovMv@EducationMV@MoH_mv
— HPA Maldives (@HPA_MV)March 29, 2019