04 Apr 2019, 19:12
އިސްލާމީ ޝަރީއަތް ގާއިމްކޮށް އެއް ޖިންސުން ގުޅުން ހިންގާ މީހުން ރަޖަމް ކުރަން ބްރޫނާއީން ނިންމުމުން އެގައުމު ކޮމަންވެލްތުން ސަސްޕެންޑް ކުރަން ޖެހޭކަމަށް އިނގިޜޭސިވިލާތުން ބުނެފިއެވެ.
ބްރޫނާއީން ދާދި ފަހުން ވަނީ އެގައުމުގެ ގާނޫނުތައް އިސްލާމީ ގިއުގަނޑަށް ފައްތައި، ވައްކަން ކުރާ މީހުން އަތް ކަނޑައި އަދި ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ އިތުރުން ޒިނޭ ކުރާ މީހުން ރަޖަމްކުރަން ނިންމައިފިއެވެ. އަދި އާ ގާނޫނަށް އިއްޔެ އިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.
އިނގެރޭސިވިލާތުގެ ފޮރިން އެންޑް ކޮމަން ވެލްތު އޮފީސްގެ ސްޓޭޓް މިނިސްޓަރު މާކް ފީލްޑް ވިދާޅުވީ 21 ވަނަ ގަރުނުގައި ބްރޫނާއީން އިސްލާމީ ހުދޫދު ގާނޫނަށް އަމަލުކުރަން ފެށުމަކީ ވަރަށް ނުބައި ނިންމުމެއް ކަމަށާއި އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފު ކަމެއް ކަމަށެވެ.
I am disappointed that hudud punishments under Sharia Penal Code were introduced in Brunei today.
Read my full statement here.https://t.co/qZwDu7ZHf0— Mark Field MP (@MarkFieldUK)April 3, 2019
އިނގިރޭސިވިލާތުގެ ލޭބާ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރެއް ކަމަށްވާ ހާލިދު މަހުމޫދު ވިދާޅުވީ މިއީ "ޖާހިލިއްޔަ" ޒަމާނަށް އަނބުރާ ދިއުން ކަމަށެެވެ. އަދި މިއީ ކޮމަންވެލްތުގެ ޗާޓަރާވެސް ހިލާފު ކަމެއް ކަމަށާއި އަދި ބްރޫނާއީގެ އެ ނިންމުމާއިގެން ކުރިއަށް ގޮސްފިނަމަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ބްރޫނާއީން އިސްލާމީ ޝާރީއަތް ގާއިމްކުުރުުމުން އިންސާނީ ހައްގުތަކަށް މަަސައްކަތް ކުރާ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.