ހެލްމެޓް އަޅައިގެން ފޭރެން އުޅުނު ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ރޭ 10:44 ކަން ހާއިރު ހެޕީމާކެޓް ކައިރީގައި ހެލްމެޓް އަޅައިގެން ވަޅި ހިފައިގެން ތިބިކަމަށް މައުލޫމާތު ލިބުނު ކަމަށެވެ.

އަދި ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު ގްރީން ބިލްޑިން ކައިރީގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހުން ސައިކަލްގައި ދާން އުޅުމުގެ ތެރޭގައި އެކްސިޑެންޓް ވެފައިވާ ކަަމަށެވެ.

އަދި އޭގެ ތެރެއިން އެކަކު ފުލުހުން ބެލުމުގެ ދަށަށް ގެނެސް އަދި ދެވަނަ މީހާ ފިލައިގެން ދަނިކޮށް އޭނާގެ ފަހަރުން ގޮސް އައިޖީއެމްއެޗް ކެންޓީނު ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ހައްޔަރުކޮށްފައިވަނީ 20 އަހަރާއި 22 އަހަރުގެ ފިރިހެނުން ކަމަށާއި އަދި އެ ދެ މީހުން ދުއްވި ސައިކަލްވެސް މިހާރު ޓޯ ކޮށްފައިވާ ކަަމަށެވެ.

އަދި އެ ދެމީހުންގެ ބަންދަން ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިދީފައިވާ ކަމަށްވެސް ފުލުުހުން ބުންޏެވެ.