ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މަޖިލިސް އިންތިހާބުގައި ވޯޓު ނުލައްވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރައީސް ޔާމީންގެ އުފަން ދާއިރާއަކީ މައްޗަންގޮޅު އުތުރެވެ. ޔާމީން ރައީސްކަން ކުރައްވާ ޕީޕީއެމުންވެސް އެދާއިރާއަށް ކެންޑިޑޭޓަކު ވާދަ ކުރެ އެވެ. ޕީޕީއެމުން މައްޗަންގޮޅި އުތުރަށް ވާދަ ކުރައްވަނީ ޖަމީލާ އަލީ ހާލިދު އެވެ.

ޕީޕީއެމްގެ މެމްބަރަކު 'ސަން' އަށް ވިދާޅުވީ ކުރީގެ ރައީސް ޔާމީން ވޯޓު ނުލައްވަން ނިންމަވާފައިވައިވާ ކަމަށެވެ. ސަބަބެއް ވިދާޅެއް ނުވެ އެވެ.

މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ޔާމީންއަށް ބޮޑުބޭބެ ވިދާޅުވާ އަހުމަދު ފާރިސް މައުމޫނުވެސް ހިމެނެ އެވެ. އޭގެ އިތުރުން މާލޭ ސިޓީގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު) އަދި މުހައްމަދު ރަޝީދު (ބޯދިގު) ވެސް ހިމެނެ އެވެ.

މިއަދު ހެނދުނު އަށެއް ޖަހާއިރު ވޯޓުލުން ފަށާފައިވާއިރު، ވޯޓުލުން ނިމޭނީ އިރުއޮއްސި ހައެއް ޖަހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.